Amendments
އެމެންޑްމެންޓް
Statement of Entry Amendment
Statement of Entry amendment is offered to candidates who apply to amend the following after the application process:
01.A
- Errors in Candidate Name, Candidate Number, ID number, Centre Number & Examination Details
01.B
- Change in Subjects / Subject Option
- Add Subjects
A fee will be charged to amendments mentioned in 01.B
Candidates must apply for amendment through the candidate registered examination center.
އެމެންޑްމެންޓަކީ އެ އަހަރެއްގައި އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ (އެސް.އޯ.އީ) ދޫކުރުމުގެ ކުރިން، ބައިވެރިވާ މާއްދާ ނުވަތަ ކެނޑިޑޭޓުގެ މައުލޫމާތަށް ބަދަލުގެންނަން ބޭނުންވެއްޖެ ހިނދެއްގައި އަދި އިމްތިޙާނުގެ ނަތީޖާ ދޫކުރުމަށްފަހު، ސެޓްފިކެޓް ދޫކުރުމުގެ ކުރިން، ކެނޑިޑޭޓުގެ މައުލޫމާތަށް ބަދަލުގެންނަން ބޭނުންވެއްޖެ ހިނދެއްގައި ދެވޭ ޚިދުމަތެކެވެ. މިގޮތުން މި ޚިދުމަތް ދިނުމުގައި ދެ ގޮތެއް (އޮޕްޝަނެއް) ހިމެނެއެވެ.
1. ކެނޑިޑޭޓުގެ ނަމާއި އައިޑީކާޑް ނަމްބަރ ނުވަތަ ސެންޓަރ ނަމްބަރާއި ތާރީހާ ގަޑިއަށް ބަދަލު ގެންނަން ޖެހުން. މި ހާލަތުގައި އެއްވެސް ފީއަކާ ނުލައި އެ ޚިދުމަތް ދެވޭނެއެވެ.
2. ކެނޑިޑޭޓް އިމްތިޙާނު ހަދާ މާއްދާގެ ނަމާއި ޔުނިޓްގެ އޮޕްޝަން ބަދަލުކުރަން ޖެހުން. މިހާލަތުގައި ޚިދުމަތް ދެވޭނީ އެކަމަށް އެދޭ ފޯމާއެކު ކަނޑައަޅާފައިވާ ފީ ދެއްކުމުންނެވެ.
މި ޚިދުމަތް ހޯދުމަށް އެދި ކެނޑިޑޭޓް ހުށަހަޅާނީ އެ ކެނޑިޑޭޓް އިމްތިޙާނުގައި ބައިވެރިވުމަށް ފޯމް ހުށަހެޅި ސެންޓަރަށެވެ.