Translation

ތަރުޖަމާކުރުން

Translation Service is provided to candidates who apply to translate Local Examination Certificates (SSC & HSC). Translation service is provided to Dhivehi language to English language translation only.
The following documents must be attached with the Service Request Form:
-    National Id Card copy
-    Copy of the Certificate

Translated Certificates will be issued within working 3 days.

Service fee: MVR 250.00

    އެކިއެކި ވަޒީފާތަށާއި ކޯސްތަކަށާއި އަދި އެފަދަ ކަންކަމަށް ހުށަހަޅާ ލިޔުންތައް ތަރުޖަމާ (ޓްރާންސްލޭޝަން) ކުރުމަކީ މި ޑިޕާޓްމެންޓުން ދެވޭ ޚިދުމަތެކެވެ. މިގޮތުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި އެސް.އެސް.ސީ އާއި އެޗް.އެސް.ސީ ސެޓްފިކެޓާއި ނަތީޖާ އިގިރޭސި ބަހަށް ތަރުޖަމާކޮށް ދިނުމާއި ބޭރު ބަސްބަހުން ލިޔެފައިވާ ސެޓްފިކެޓާއި ނަތީޖާ ދިވެހިބަހަށް ތަރުޖަމާކޮށް ދިނުން ހިމެނެއެވެ. ނަތީޖާ ތަރުޖަމާކޮށް ދެވޭނީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީއަކަށް ހުށަހަޅަން ބޭނުންވުމުންނެވެ.
މި ޚިދުމަތަށް އެދިލެއްވުމަށް "ސަރވިސް ރިކުއެސްޓް ފޯމް" ހުށައަޅަންވާނެއެވެ.

ފޯމާއި އެކު ހުށައަޅަންޖެހޭ ލިޔުންތައް:
-    ތަރުޖަމާކުރާ ސެޓްފިކެޓްގެ އަސްލާއި ކޮޕީ
-    ޚިދުމަތަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
-    ދިވެހި ރައްޔިތެއް ނޫން ނަމަ ޕާސްޕޯޓް ކޮޕީ.

ތަރުޖަމާ ކުރުމަށް ހުށަހަޅާތާ (ރަސްމީ) 3 ދުވަހުގެ ތެރޭގައި ދޫކުރެވޭނެއެވެ. މިލިޔުންތައް ދޫކުރެވޭނީ، ޚިދުމަތަށް އެދުމުން ދޫކުރި ސްލިޕް ނުވަތަ ޙަވާލުވާ ފަރާތުގެ އައިޑީކާޑު ހުށަހެޅުމުންނެވެ.

ޚިދުމަތުގެ އަގު:
-    އެންޑޯސްމަންޓަކަށް 250.00 ރުފިޔާ