Recheck
ރީޗެކްކުރުން
Candidates who wish to recheck the examination, can request for recheck service.
The following are the two types of Recheck Service provided:
- Clerical Recheck: Total Marks added up.
- Review of Marking: Paper will be remarked.
Recheck Service fees are subjected to the session and title of examination.
Applications submitted for Recheck will be declined after the given date for Recheck applications
Applications for Recheck Service must be submitted to the Candidate Registered Examination Centre.
މި ޑިޕާޓްމެންޓުން ބާއްވާ އިމްތިޙާނުތަކާ ދޭތެރޭ ކެންޑިޑޭޓުންގެ އިތުބާރު އުފެއްދުމަށްޓަކައި ކެންޑިޑޭޓަށް ލިބިފައިވަނީ އެ ކެންޑިޑޭޓަކު ކޮށްފައިވާ މަސައްކަތްތޯ ނުވަތަ ލިބިފައިވާ ނަތީޖާއަށް ވުރެ މަތީ ނަތީޖާއެއް ލިބޭތޯ ޔަޤީންކޮށް ދިނުމަށް އިމްތިޙާނުގެ ނަތީޖާ އަލުން ބެލުމަކީ ރީޗެކް ކުރުމެވެ.
މި ޑިޕާޓްމެންޓުން ބާއްވާ ޤައުމީ އިމްތިޙާނުތަކުގެ ނަތީޖާ އަލުން ބަލަން އެދެވޭނީ، ތިރީގައިވާ މަރުޙަލާތައް ގިރާކުރުމަށްފަހު ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައެވެ.
1. ނަތީޖާ ލިބުމުން ނަތީޖާއާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ނުވަތަ ލިބިފައިވާ ނަތީޖާއަކީ ކެނޑިޑޭޓަށް ޤަބޫލުނުކުރެވޭ ނަތީޖާއެއް ކަމުގައިވާނަމަ މި ޑިޕާޓްމަންޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރީޗެކަށް އެދެންވާނެއެވެ.
2. ނަތީޖާ އަލުން ބަލައިދޭނީ އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް، ނަތީޖާ އަލުން ބެލުމަށް ދައްކަން ޖެހޭ ފީއާއެކު ހުށަހެޅުމުންނެވެ.
3. ނަތީޖާ އަލުން ބަލަން އެދޭ ކެންޑިޑޭޓުން އެކަމަށް އެދި ފޯމް ހުށަހަޅާނީ އެ ކެންޑިޑޭޓަކު އިމްތިޙާނު ހެދި ސެންޓަރަކަށެވެ.
4. ނަތީޖާ އަލުން ބަލަން އެދި ހުށަހަޅާންވާނީ، ވަގުތީ ނަތީޖާ އަންގައިދޭ ލިޔުމާއެކުގައެވެ.
5. އިމްތިޙާނެއްގެ ވަގުތީ ނަތީޖާ އަލުން ބަލާ ދެވަނަ ފަހަރަށް ނަތީޖާ ދޫކުރުމަށްފަހު، އެކަމަށް އެދޭ ކެންޑިޑޭޓުންނަށް މާކުކުރި ގޮތުގެ ރިޕޯޓަކަށް އެދެވިދާނެއެވެ.
6. ރީޗެކް ނަތީޖާ ލިބުމުން، އެ ނަތީޖާއާ ދޭތެރޭ ހިތްހަމަ ނުޖެހިއްޖެ ނަމަ ދެ ހަފްތާ ތެރޭގައި ރީޗެކް ރިޕޯޓަށް އެދެވިދާނެއެވެ.
7. ކެންޑިޑޭޓުންނަށް މާކުކުރިގޮތުގެ ރިޕޯޓް ދެވޭނީ އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެކަމަށް ދައްކަން ޖެހޭ ފީއާއެކު، ކެންޑިޑޭޓް އިމްތިޙާނު ހެދި ސެންޓަރެއް މެދުވެރިކޮށް ޑީޕީއީއަށް ހުށަހެޅުމުންނެވެ.
8. ރީޗެކް ރިޕޯޓަށް އެދުމަށް ކަނޑައެޅިފައިވާ މުއްދަތަށްފަހު ލިބޭ ހުށަހެޅުމެއް ޤަބޫލެއް ނުކުރެވޭނެއެވެ.